ފަލަސްތީނު ދައުލަތެއް ގާއިމް ކުރުމުގެ ގަރާރު ފާސްކުރީ ރާއްޖޭގެ ތާއީދާއެކު

ރާއްޖޭގެ ތާއީދާ އެކު މި ގަރާރު ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، ފޮޓޯ: ރައީސް އޮފީސް

ސުލްހަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމާއި، ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމާގުޅޭ ގޮތުން އދ.ގެ އާއްމު މަޖިލީހުގައި ހުށަހެޅި ގަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ސައުދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.

އެ ގަރާރު ތަސްދީގު ކުރުމަށް ރާއްޖެއިން ވަނީ ތާއީދުކޮށްފަ އެވެ. މި ގަރާރު ބަލައިގެންފައި ވަނީ މިއަދު ބޭއްވުނު އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާ ގައެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމުގެ ތާއީދާއެކުގަ އެވެ. ގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައިވާއިރު، 12 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގެ ތާއީދާ އެކު މި ގަރާރު ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ. އަދި، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ފަލަސްތީނުގައި މިނިވަން، އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވާ ކަމަށެވެ. މިކަމަކީ، އޭގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށެވެ.

"މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމުގައި ދިވެހިރާއްޖެއިން ތާއިދުކުރޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.