ސިޓީ މިނިސްޓްރީން ހޯދަނީ ސެމީ ލަގްޒަރީ 36 މީހުންގެ ލޯންޗްއަކާއި އާއްމުކޮށް ބޭނުންކުރާ 26 މީހުންގެ ޖާގައިގެ ދެ ލޯންޗް އެވެ.
ލޯކަލް ގަވަރުމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއަށް ތިން ލޯންޗް ސްޕައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ސިޓީތަކާއި ކައުންސިލްތައް ވިލަރެސް ކުރަން ސަރުކާރުން އުފެއްދި ލޯކަލް ގަވަރުމެންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ބޭނުމަކަށް ތިން ލޯންޗް ސަޕްލައިކޮށް ޑެލިވަކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. މިކަން ކުރަން ހުޅުވާލާފައިވަނީ ހަމައެކަނި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަށް ކުރިމަތިލެވޭ ގޮތަށެވެ.
ސިޓީ މިނިސްޓްރީން ހޯދަނީ ސެމީ ލަގްޒަރީ 36 މީހުންގެ ލޯންޗްއަކާއި އާއްމުކޮށް ބޭނުންކުރާ 26 މީހުންގެ ޖާގައިގެ ދެ ލޯންޗް އެވެ. ސެމީ ލަގްޒަރީ ލޯންޗުގައި މިފަދަ ލޯންޗްތަކުގައި ހުންނަ ޒަމާނީ ސިފަތަކާއި ހިދުމަތްތައް ހުންނަން ޖެހެ އެވެ.
މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 700،000ރ. ބަހައްޓަން ޖެހެ އެވެ. މި މަޝްރޫއަށް ބިޑް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މިމަހުގެ 22، ވަނަ ދުވަހުގެ 13:00 އެވެ.