މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މެޑަމް ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ފާއިތުވި ހަފްތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކުރެވިފައެވެ.
ރައީސް މައުމޫން ޢަބަދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށާ، މި ވަގުތު ހާލުކޮޅު ރަނގަޅުވަމުންދާ ކަމަށް ރައީސް އޮފް ފޯމާ ޕްރެޒިޑެންޓުގެ އޮފީހުން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އެއް ރައީސް ކަމަށްވާ ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާގެ ހާލުކޮޅާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ސާފުކޮށްދޭން ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މެޑަމް ނަސްރީނާ
އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ފާއިތުވި ހަފްތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކުރެވިފައެވެ.
"މާތްﷲ ގެ ހެޔޮރަޙްމަތްފުޅުން މިވަގުތު އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަވާހަކަ އުފަލާއެކު ދަންނަވަމެވެ،" ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އޮފީހުން ބުނީ މެޑަމް ނަސްރީނާ އަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަކުރަމެވެ. މިކަމަށްޓަކައި ރައީސް މައުމޫން އާއި އެމަނިކުފާނުގެ ޢާއިލާ ވަރަށް ބޮޑަށް ޝުކުރުއަދާ ކުރައްވަ އެވެ.
ރައީސް މައުމޫންގެ އޮފީހުން ބުނީ ހެޔޮއެދޭ ފަރާތްތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮދުޢާތަކާއި މެސެޖުތަކުން ޢާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާތީ ހުރިހާ ބޭފުޅުންނަށް ޢާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެމު ޝުކުރު ދަންނަވާ ކަމަށެވެ.