"އެންމް ފިނި ހިޓާޗީ ޑީލް" ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީ ތަކުން 1000ރ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ.
ހިޓާޗީގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރު އެސްޓީއޯ އިން "އެންމެ ފިނި ހިޓާޗީ ޑީލް" ޕްރޮމޯޝަން ފަށައިފި އެވެ.
އެސްޓީއޯ ސުޕަމާކެޓުގައި އިއްޔެ ފެށި މި ޕްރޮމޯޝަންގައި އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަން އެކެވެ،
"އެންމް ފިނި ހިޓާޗީ ޑީލް" ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީ ތަކުން 1000ރ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ.
މި ކޫޕަން ބޭނުން ކުރައްވައިގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއާ ބްލޭޑް 125 އެއް ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗްއިސްގަ އެވެ. މި ޕްރޮމޯޝަންގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.