ފުލުހުން މިރޭ ބުނީ، އެ އޮޕަރޭޝަނުގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވާން އުޅުނު ކަމަށް ތުހުމަތުކޮށް މާލޭގައި ފުލުހުން ހިންގި މިއަދު ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ، އެ އޮޕަރޭޝަނުގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން ހިންގާފައިވަނީ ޓެރަރިޒަމްއާ ގުޅުން ހުރި އޮޕަރޭޝަނެކެވެ.