އެ ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.
ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް، އަލް އަސްރު ޖަމިއްޔާއާއެކު އެޗްޑީސީން މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު އެވެ. އަދި އަލް އަސްރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހް އެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، އަލް އަސްރުގެ ފަރާތުން ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ދީނީ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 15 ކުދިންނަށް ބައިވެރިވެވޭނެއެވެ.
އެ ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ވެނުނު މި އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ މި ކޯޕަރޭޝަންގެ އަމާޒެކެވެ.