މޭވާ އާއި ތަރުކާރީގެ މައިގަނޑު ބާވަތްތައް ގަނޑުކޮށް ގެނެސް، އެސްޓީއޯއިން ވިއްކަން ނިންމައިފި

މިއީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޔަގީންކަން ކަށަވަރުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބާޒާރުގައި މީހަކު ވިޔަފާރި ކުރަނީ.

ކާޑުގެ އަސާސީ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގަނޑުކޮށް ގެނެސް، އެސްޓީއޯ މެދުވެރިކޮށް ވިއްކަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޔަގީންކަން ކަށަވަރުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތަފްސީލެއް އެ މަނިކުފާނު ދެއްވާފައެއް ނުވެ އެވެ.

އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ރާއްޖެއަށް ގަނޑުކޮށް އެތެރެކޮށް ވިއްކަން ނިންމާފައިމިވަނީ، ރާއްޖޭގައި އެފަދަ ބާވަތްތަކުގެ އަގުތައް އުފުލި، އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދާ ދަނދިވަޅެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.