ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޒްނާއަކީ އެ ކުންފުނީގައި 2000 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ސަރުކާރު ކަރަންޓް ކުންފުނި، ސްޓެލްކޯ އަށް 20 އަަހަރު ހިދުމަތް ކުރެއްވި ޢާއިޝަތު މުޒްނާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި އެވެ.
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޒްނާއަކީ އެ ކުންފުނީގައި 2000 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މުޒްނާ އެ ކުންފުނީގައި ގިނަ ދުވަހު ހަރަކާތްތެރިވެފައިވަނީ ކުންފުނީގެ ހިންގުމުގެ ދާއިރާތަކުގަ އެވެ. މިގޮތުން މިދިޔަ 20 އަހަރު ސީނިޔަ އެތައް މަގާމެއް ފުރުއްވި އެވެ. މިގޮތުން ލީގަލް ހެޑްކަމާއި ބިޒްނަސް ޑިޕާޓްމަންޓް ހެޑްކަން ކުރެއްވި އެވެ.
މުޒްނާއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަ އޮފް އާޓްސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ސްޓެލްކޯގެ ބޯޑަށް ގެނައި ބަދަލާއެކު ބޯޑުގެ މެންބަރުކަމުގެ މަޤާމުން ތ. ތިމަރަފުށި، ބޮޑުގެ މުހައްމަދު އާމިރު ވަނީ ވަކިކޮށްފަ އެވެ.