އެސްޓީއޯ ސުޕަމާކެޓުގައި މިހާރު އޮރެންޖް ވިއްކަމުން ގެންދާއިރު އޮރެންޖު ކިލޯއެއް ހުރީ 35.ރ. އަށެވެ. އޮރެންޖް މިވަގުތު ހަމައެކަނި ވިއްކަނީ ރީޓެއިލް ކަސްޓަމަރުންނަށެެވެ.
ބާޒާރުގައި މަދުވުމުގެ ސަބަބުން އަގު އުފުލިގެން ދިޔަ އޮރެންޖު އެސްޓީއޯ އަށް ގެނެސް އޮރެންޖު ކިލޯއެއް 35ރ. އަށް ވިއްކަން ފަަށައިފި އެވެ.
އެސްޓީއޯ ސުޕަމާކެޓުގައި މިހާރު އޮރެންޖް ވިއްކަމުން ގެންދާއިރު އޮރެންޖު ކިލޯއެއް ހުރީ 35.ރ. އަށެވެ. އޮރެންޖް މިވަގުތު ހަމައެކަނި ވިއްކަނީ ރީޓެއިލް ކަސްޓަމަރުންނަށެެވެ. ގަނޑުކޮށް ބަލަކްކޮށް ގަންނަ ވިޔަފާރިތަކަށް މިވަގުތު ނުވިއްކަ އެވެ.
ބާޒާރަށް އޮރެންޖު ނެރެ ސުޕަމާކެޓުގެ ހަރުތަކުން ލިބެން ހުރިއިރު މިހާރު އެސްޓީއޯއިން ވިއްކާ އަގުން އޮރެންޖެއް ޖެހެނީ ގާތްގަނޑަކަށް ހަ ރުފިޔާ އަށެވެ، ބާޒާރުގައި އޮރެންޖް ހުރީ އެންމެ އޮރެންޖެއް 10ރ. އަށެވެ. އަދި އޮރެންޖް އެތެރެކުރާ ފަރާތްތަކުން އޮރެންޖެއް ވިއްކަނީ މީހަކަށް 10 އޮރެންޖުގެ ރޭޓުންނެވެ.
އާއްމު އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލު އެސްޓީއޯއިން ގާތުން ބަލަމުން ދާއިރު މިހާރު ކުޅުޅު ބިހާއި ފިޔާ އަދި އަލުވީގެ އަގު މަތިވެގެން ވެސް އެ ކުންފުނިން ވަނީ މި އަހަރު ދެ ފަހަރެއްގެ މަތިން މާކެޓް އިންޓަވެންޝަން ހަދާފަ އެވެ. ބާޒާރުގައި އަގުތައް ދަށް ކުރަން އެ ކުންފުނިން އަމިއްލައަށް ގެނެސް އާއްމުންނަށް ފޯރުކޮށްދޭން ފެށުމުން އަގުތައް ދަށް ވެގެންދެ އެވެ.