ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

އެގޮތުން، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަށެއްގައި ބިދޭސީން މަސައްކަތް ކުރަނީ --

ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީ މުވައްޒަފުންނަށް އިހުމާލުވާ ފަރާތްތައް އާންމުކޮށް، އަންނަ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެއްގޮތަށް، ބިދޭސީން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތައް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރާނެ ކަމަށެވެ. 

އެގޮތުން، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، ތަކުރާރުކޮށް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކަށް، މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން ވެސް ހިމެނެ އެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނީ، އެ ގާނޫނުގެ 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދިނުމާއި، ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ފޯރުނުކޮށްދިނުން ހިމެނެ އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް އެ މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހާލާސް ކުރުމުން ނޫނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ނުދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.