މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޝުއަރެންސް ނަގާ ފަރާތްތަކުން ކުންފުނިތަކަށް 501.2 މިލިއަން ރުފިޔާ ދައްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި މި އަދަދު އުޅުނީ 478.2 މިލިއަން ރުފިޔާގަ އެވެ.
އިންޝުއަރެންސް ނަގާ ފަރާތްތަކުން ދައްކާ ގްރޮސް ރިޓަން ޕްރިމިއަލް (ޖީޑަބްލިއުޕީ) ނެގި މިންވަރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރުވެގެން ދިޔައިރު ބަދަލުގެ ގޮތުގައި ކުންފުނިތަކުން 148.5 ދީފައިވެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖީޑަބްލިއުޕީގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކަށް އިންޝޫރެންސް ނަގާ ފަރާތްތަކުން ވަނީ 501.2 މިލިއަން ރުފިޔާ ދައްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޕްރިމިއަމްގެ ގޮތުގައި ދެއްކީ 478.2 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ ފަސް ޕަަސެންޓުގެ އިތުރުވުމެކެވެ.
މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުން ވަނީ ގެއްލުމާއި ނަގާ ކްލައިމަށް ބަދަލުގެ ގޮތުގައި 148.5 މިލިއަން ރުފިޔާ ދީފަ އެވެ. މިއީ ކުރީ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޝުއަރެންސް ބަދަލުގެ ގޮތުގައި ދިން 208.4 މިލިއަން ރުފިޔާއާ އަޅާ ކިޔާނަމަ %28 ގެ ދަށްވުމެކެވެ.
އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޝުއަރެންސް ވިޔަފާރި ވަނީ މިފަހުގެ ތާރީހުގައި ކުރިއެރުން ނުލިބޭ ވަރަށް ލިބިފަ އެވެ. އެހެންވެ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އިންޝުއަރެންސް ދަށް ކަމަށް ދައްކަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނި އިންޝުއަރެންސް ނަގަން ކުންފުނިތަކަށް 691.4 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އަދި ބަދަލުގެ ގޮތުގައި ކުންފުނިތަކުން 458.2 މިލިއަން ރުފިޔާ ދެއްކި އެވެ.