އޯވަޓޭކް ކުރަން އުޅެނިކޮށް ބްރިޖް ހައިވޭގައި ބޮޑު އެކްސިޑެންޓެއް

"މި އެކްސިޑެންޓްގައި އޯޥާ ސްޕީޑް ކުރި ސައިކަލު ދުއްވި މީހާއަށާއި، އަނެއް ސައިކަލު ދުއްވި މީހާއަށާއި، ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވޭ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވޭ،" ފުލުހުން ބުންޏެވެ.

މިރޭ ހިނގި އެކްސިޑެންޓްގެ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް --

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 9:36 ހާއިރު ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ އޯވާޓޭކް ކުރަން އުޅުނު ސައިކަލު، އަނެއް ސައިކަލުގައި ޖެހި އެކްސިޑެންޓްވެ، ބަހުގެ މެދާ ދިމާލުން ސައިކަލު ދަށުވެ، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ބްރިޖު ޕެޓްރޯލް ބީޓްގެ ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

"މި އެކްސިޑެންޓްގައި އޯޥާ ސްޕީޑް ކުރި ސައިކަލު ދުއްވި މީހާއަށާއި، އަނެއް ސައިކަލު ދުއްވި މީހާއަށާއި، ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވޭ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވޭ،" ފުލުހުން ބުންޏެވެ.
 
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.