ގަތަރަށް ދިން ހަމަލާ ކުށްވެރިކޮށް، ރާއްޖޭން ގޮވައިލީ އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅު އަޅަން

އެކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި މިނިވަން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ދޯހާގައި ހުރި އިމާރާތެއްގައި ރޯވެ ދުން އަރަނީ. --ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށް، އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅު އަޅަން ދުނިޔެއަށް ގޮވާލައިފި އެވެ. 

ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ވެރިން ދޯހާގައި ދިރިއުޅުއްވާ އިމާރާތްތަކަށް އަމާޒުކޮށް، އިޒްރޭލުން ވަނީ ވައިގެ ހަމަލާތަކެއް ދީފަ އެވެ. 

ހަމާސްގެ އޮފިޝަލުން ބުނީ، އިޒްރޭލުން އެ ހަމަލާދީފައިވަނީ، ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ އާ ސުލްހައިގެ އެއްބަސްވުމަކާމެދު މަޝްވަރާކުރަން ތިއްބާ ކަމަށެވެ.

އެކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި މިނިވަން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. 

އަދި އިޒްރޭލުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފަށް ހިންގާ އެފަދަ އަމަލުތަކާ ދެކޮޅަށް އަވަސް ގޮތެއްގައި ފިޔަވަޅު އަޅަން އެ މަނިކުފާނު ގޮވައިލެއްވި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މިފަދަ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުމަށް ހުރަސްއެޅި، އެ ސަރަހައްދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ރާއްޖޭން ގަތަރާ އެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެމުން، އެ ބަޔާނުގައި ވަނީ އިޒްރޭލުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.