ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓް ނެގޭ ގޮތަށް ބަދަލުކޮށް، ކޮމެޓީން ބިލު ފާސްކޮށްފި

ބިލަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ވޯޓު ނަގާނަމަ މަދުވެގެން 45 ދުވަހުގެ ތެރޭގައި ވޯޓު ނަގަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ ކޮމިޓީ --

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. 

ކޮމެޓީން މިއަދު ބިލު ފާސްކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފި ހިނދެއްގައި، ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި އެ ސަރަހައްދެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެ ކަމަށް ބަދަލުކުރުމަށްފަހު އެވެ.

ބިލަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ވޯޓު ނަގާނަމަ މަދުވެގެން 45 ދުވަހުގެ ތެރޭގައި ވޯޓު ނަގަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.

އޭގެ އިތުތުން އިލެކްޝަން ކޮމިޝަނަށް ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ވެސް ވަނީ ލާޒިމްކޮށްފަ އެވެ. ކުރިން ބިލުގައި އޮތީ 14 ދުވަހެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ބާއްވަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.