ބްރައުން ގްރޫޕުން ވިއްކާލި މި ރިސޯޓް މެނޭޖުކޮށް ހިންގަނީ ސްޕެއިންގެ ބާސެލާ ބްރޭންޑުންނެވެމި ރިސޯޓް ގަނެފައިވަނީ ސްޕެއިންގެ ކުންފުންޏަކަށެވެ.
ލަންކާގެ ބްރައުންސް އިންވެސްޓްމަންޓްސް (ޕީއެލްސީ) އިން ރާއްޖޭގައި ހިންގަމުން ދިޔަ، ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ނުވަތަ ބްރައުން އަރިއެޓޯލް ރިސޯޓް 57 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 878 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.
ބްރައުން ގްރޫޕުން ވިއްކާލި މި ރިސޯޓް މެނޭޖުކޮށް ހިންގަނީ ސްޕެއިންގެ ބާސެލާ ބްރޭންޑުންނެވެ. ބާސެލޯ ލެގޫން މޯލްޑިވްސްގެ ނަމުގައި ބޮޑުފިނޮޅު އައިލެންޑުގައި ހިންގަމުން ގެންދާ މި ރިސޯޓުގައި 100 ވިލާ ހުރެ އެވެ. މި ރިސޯޓް ގަނެފައިވަނީ ސްޕެއިންގެ ބްރޭންޑަކުން ކަމަށް އެނގިފައިވެ އެވެ.
ބްރައުން ގްރޫޕުން ނެގި މި ފިޔަވަޅަކީ އެ ކުންފުނީގެ ވިޔަފާރި އަލުން ރާއްޖޭގައި ވަރުގަދަ ކުރަން އެޅި ފިޔަވަޅެކެވެ. އެ ކުންފުނިން ވަނީ މިއަހަރުގެ ކުރީކޮޅު މާލޭގައި 16 ބުރީގެ ސީފްރަންޓް ހޮޓަލެއް ކަމަށްވާ ބާސެލޯ ނަސަންދުރާ މާލޭ ހުޅުވާފަ އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ މި އިވެންޓްމަންޓުގައި 136 ކޮޓަރިއާއި 116 ސާވިސް އެޕާޓްމަންޓް ހިމެނެ އެވެ.