ރަށްރަށުގައި އާންމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރާގޮތަށް ހަމަޖައްސަވައިފި

އަންނަ އަހަރުން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލަން ކައުންސިލްތަކަށް ފެނަކަ އާއި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނިމާދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ --

ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލުތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، އަންނަ އަހަރުން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލަން ކައުންސިލްތަކަށް ފެނަކަ އާއި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ. 

މީގެކުރިން މަގުތަކާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ސަރުކާރު ރޭޓުގަ އެވެ. އެ ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ. އިންނެވެ.  

ނަމަވެސް، ރައީސް މި ގެންނެވި ބަދަލާ އެކު، ކައުންސިލްތަކަށް ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން، 100 ޔުނިޓަށް 1.25ރ. އިންނެވެ.

އެ މަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް މިދިޔަ އަހަރު ހަމަޖައްސަވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.