މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިދޭން ރައީސް ވައުދުވެވަޑައިގަތީ އެ ރަށަށް ދާދިފަހުން ކުރެއްވި ދަތުރުފުޅެއްގަ އެވެ.
އއ. ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، އެ އަތޮޅުގެ މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިދޭން ރައީސް ވައުދުވެވަޑައިގަތީ އެ ރަށަށް ދާދިފަހުން ކުރެއްވި ދަތުރުފުޅެއްގަ އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ނެރުއްވި ގަރާރަކުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް،ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރައްވާފައިވާ ކަމަށެވެ.
މިއީ އެރަށުގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތަކަށް ވެގެންދާނެ ބަދަލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.