ނަމަވެސް، އެމްޑީޕީން ވަކިވާން ނިންމެވި ސަބަބެއް އެ ސިޓީގައި މަހުލޫފް ހާމަކުރައްވާފައެއް ނުވެ އެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި، އަހުމަދު މަހުލޫފް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
އިދިކޮޅު އެމްޑީޕީން ވަކިވާން ނިންމައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މަހުލޫފް ފޮނުއްވި ސިޓީގައި، 2015 އިން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީން ވަކިވާން ނިންމެވި ސަބަބެއް އެ ސިޓީގައި މަހުލޫފް ހާމަކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ އެއްވެސް ހަރަކާތަކުން ފަހަކަށް އައިސް މަހުލޫފް ފެނިފައިނުވާއިރު، އޭނާ މި ސަރުކާރުގެ އިސް މަގާމަކަށް އައްޔަނުކުރަން އުޅޭ ވާހަކަތަކެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.