ސައުދީ އިމާމު ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފި

މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފޮތް ހަދިޔާ ކުރަން މިއަދު ބޭއްވި ރަސްމިއްޔާތު -- އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސައުދީ ސަފީރު ޔަޙްޔާ ހަސަން އަލްގްހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރު ޑރ. ސާލިހް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާއި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އަހްވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އިމާމް މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވާސިޓީއަށާއި، އެޔުނިވާރސިޓީގެ ފަރާތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި އިހްލާސްތެރި ޝުކުރާއި ތައުރީފު ދަންނަވާކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރު ޑރ. ސާލިޙް ބިން ސިލައިމާން އަލް ޢަރަޖާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން އެ ޔުނިވާސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވާސިޓީއަށް އަރުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.