އެ ކުންފުނިން ބުނީ ހުޅުމާލެ ގޮޅިތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ހުޅުމާލެ ރަށްޔިތުންގެ ގިނަ ބަޔަކު ވިޔަފާރި ކުރާ މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި އެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ގޮޅިއެއްގެ ބޮޑު މިނަކީ 73.33 އަކަފޫޓެވެ.
ކުއްޔަށް ދެނީ ދެ އަހަރު ދުވަހަށެވެ. ކުއްޔަށް ދޫކުރަނީ މަހަކު 7،500ރ. އަށެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 22،500ރ. ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެ ގޮޅިތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރު ނެގުން އޮންނާނީ އޮކްޓޫބަރު 16 ވަނަ ދުވަހުގެ ހެނދުނު އެވެ. މިކަމަށް ބޭނުންވާ ފޯމް އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.