މި މެންބަރުން ފިނޭންސް މިނިސްޓަރު ޒަމީރުއާ ބައްދަލު ކުރަން ދިޔަ ސަބަބެއް ކަމަށް ވިދާޅުވީ ތަކުރާރުކޮށް ސުވާލު ފޮނުވުމުންވެސް ޖަވާބު ދެއްވާފައިނުވުމެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާ ބައްދަލުކުރަން ގޮސް ފިނޭންސް މިނިސްޓްރީއަށް ވަދެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީ ކައިރީ ބޯޑުތައް ހިފައިގެން މުޒާހަރާ ކުރުމަށްފަހު އެ މިނިސްޓްރީއަށް ވަތް އެމްޑީޕީ މެންބަރުންގެ ތެރޭގައި އިސްކޮށް ނަގާ ކިޔަން ތިއްބެވީ އެމްޑީޕީ މަޖިލީސް މެންބަރުންނެވެ. ނަމަވެސް މިވަގުތު މިނިސްޓަރު ރާއްޖޭގައި ނޫޅުއްވަ އެވެ.
މި މެންބަރުން ފިނޭންސް މިނިސްޓަރު ޒަމީރުއާ ބައްދަލު ކުރަން ދިޔަ ސަބަބެއް ކަމަށް ވިދާޅުވީ ތަކުރާރުކޮށް ސުވާލު ފޮނުވުމުން ވެސް ޖަވާބު ދެއްވާފައިނުވުމެވެ.
ފިނޭންސް ދޮރުމަތީގައި ތިއްބައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ވިދާޅުވި ގޮތުގައި މިދިޔަ އަހަރެއްގެ ތެރޭ 16 ސުވާލު ފިނޭންސް މިނިސްޓަރާކޮށްފައިވާނެ ކަމަށާ ނަމަވެސް ވަޒީރު މަޖިލީހަށް ހާޒިރުނުވާތީ އެ މިނިސްޓްރީ އަށް ބައްދަލު ކުރަން އައީ އެވެ.
"މިއައީ ރައްޔިތުންނާ ބައްދަލު ކުރެވޭ ތޯ . ނުވަތަ ޖަވާބުދާރީ ކުރުވޭ ތޯ،" މައުރޫފު ވިދާޅުވި އެވެ.