އެޗްއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފި

އެޗްއާރުސީއެމަށް އައްޔަންކުރައްވާފައިވަނީ، މ. ޕޮޕީ، މުހައްމަދު ޝަފީގު މަހްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަހުމަދު މަގުސޫމް އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަނުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ދެ ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރުސީއެމަށް އައްޔަންކުރައްވާފައިވަނީ، މ. ޕޮޕީ، މުހައްމަދު ޝަފީގު މަހްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަހުމަދު މަގުސޫމް އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ދެ މެންބަރުންނާ، އެ މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

އެޗްއާރުސީއެމްގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މި ދެ ބޭފުޅުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.