ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުންދާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، މަރަދޫފޭދޫއަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައި ހަ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އަދި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުންދާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މި ހާދިސާތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ގެތަކުގެ ފުރާޅު އެއްލާލައި، ފާރުތަކުގެ ބައެއް ވެސް ވަނީ ވެއްޓިފަ އެވެ.
ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ނުލިބެ އެވެ.