ނުވަ ޕަސެންޓުގެ އިތުރުވުމަކާއެކު ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް

ރާއްޖެ އަށް 1,520,699 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,386,554 މިލިއަން ޓޫރިސްޓުންނާ އަަޅާބަލާއިރު 9.7 ޕަސެންޓް އިތުރުވެފައިވެ އެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި -- އެމްއޭސީއެލް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓުގެ އިތުރުވުމަކާއެކު ޓޫރިސްޓުންގެ ޖުމްލަ ނަމްބަރު 1.5 މިލިއަނަށް އަރައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެ ނިޔަލަށް ރާއްޖެ އަށް 1,520,699 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,386,554 މިލިއަން ޓޫރިސްޓުންނާ އަަޅާބަލާއިރު 9.7 ޕަސެންޓް އިތުރުވެފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޑެއިލީ އެރައިވަލްސް ހުރީ 6,232 ގަ އެވެ.

ރާއްޖެއަށް މި އަހަރު އައި ޓޫރިސްޓުންގެ ތެރޭން 1,116,492 ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. އަދި ބާކީ އޮތް 332,328 ޓޫރިސްޓުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 39,610 ޓޫރިސްޓުން ޗުއްޓީ ހޭދަކުރި އެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމު

  • ޗައިނާ - 240,828
  • ރަޝިއާ - 182,315
  • ޔޫކޭ - 136,619
  • އިޓަލީ - 107,736
  • ޖަރުމަނީ - 104,764

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާއިން މިހާތަނަށް 240,828 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ 182,315 މީހުންނެވެ. 

މި އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.