ރާއްޖޭގެ މެރިކަލްޗާ ކުރިއަރުވަން ޗައިނާ ފުޖިއާންގެ މެރިން ރިސާޗްއާއެކު ސޮޔެއް

މި އެމްއޯޔޯގެ މަގްސަދަކީ ތިމާވެށްޓާ ރައްޓެހި އެކްވާކަލްޗަރ ޓެކްނޮލޮޖީތައް ގުޅިގެން ތަރައްގީ ކުރުމެވެ.

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ދިރާސާކޮށް ކުރިއަރުވަން ޗައިނާ ފުޖިއާންގެ މެރިން ރިސާޗްއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު -- ފިޝަރީޒް

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ދިރާސާކޮށް ކުރިއަރުވަން ޗައިނާ ފުޖިއާންގެ މެރިން ރިސާޗްއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ. 

ޗައިނާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ފުޖިއަން ފިޝަރީޒް ރިސާޗް އިންސްޓިޓިއުޓާ ދެމެދު ސޮއިކުރި މި އެމްއޯޔޯގެ މަގްސަދަކީ ތިމާވެށްޓާ ރައްޓެހި އެކްވާކަލްޗަރ ޓެކްނޮލޮޖީތައް ގުޅިގެން ތަރައްޤީކޮށް ދެ ގައުމެއްގެ ދެމެދުގައި ސްޓްރެޓެޖިކް އެއްބާރުލުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކްވާކަލްޗާ އާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދިރާސާތައް ކުރުމެވެ. 

ސަރުކާރުން ދަނީ ރާއްޖޭގެ މެރިކަލްޗާ ދާއިރާ ތަރައްގީކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ރަށްތަކެއް މި މަސައްކަތް ކުރަން ބީލަމަށްވެސް ހުޅުވާލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.