އިޒްރޭލުގެ ނޫސްތައް ބުނާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ހޫތީން ޑްރޯންތަކެއް ބޭނުންކޮށްގެން ރެމޯން އެއާޕޯޓަށް ދިން މި ހަމަލާއަކީ ނުރައްކާތެރިކަމުގެ އާ ފެށުމެވެ.
ޔަމަނުގެ ހޫތީން އިޒްރޭލުގެ ރެމޯން އިންޓަނޭޝަނަލް އެއާޕޯޓް ދިން ހަމަލާގެ ސަބަބުން އެ ގައުމުގައި ބިރުވެރިކަން ބޮޑު ވެއްޖެ އެވެ.
އިޒްރޭލުގެ ނޫސްތައް ބުނާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ހޫތީން ޑްރޯންތަކެއް ބޭނުންކޮށްގެން ރެމޯން އެއާޕޯޓަށް ދިން މި ހަމަލާއަކީ ނުރައްކާތެރިކަމުގެ އާ ފެށުމެވެ. ސަބަބަކީ ހޫތީންގެ ހަމަލާތައް ކުރިން އަމާޒު ކުރަނީ ހަމައެކަނި ބެންގޫރިއަމް އެއާޕޯޓަށް ކަމަށްވުމެވެ.
ރަތްކަނޑުގެ އައްސޭރިފަށުގައި އޮންނަ މި އެއާޕޯޓަށް ހޫތީން ހަމަލާ ދީފައިވަނީ ޑްރޯން ބޭނުންކޮށްގެންނެވެ. މި ހަމަލާގައި އެއާޕޯޓަށް ގެއްލުންވިއިރު ތިން މީހަކު ޒަހަމްވެފައިވެ އެވެ. އަދި މުޅި އިޒްރޭލުގެ ވައިގެ ސަަރަހަައްދު އެއްކޮށް ބަންދު ކުރަން ޖެހުނެވެ.
ހޫތީންގެ މި ހަމަލާ އަމާޒުވެފައިވަނީ އިޒްރޭލުން ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ގިނަ ލީޑަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެ ހަމަލާގައި ހޫތީ ސަރުކާރުގެ ބޮޑުވަޒީރު އަހުމަދު އަލް ރަހާވީ އާއި ކެބިނެޓްގެ އެހެން ވަޒީރުން އަވަހާރަވެފައިވެ އެވެ.