އަސާސީ މުދާ ހިމެނޭ ބާސްކެޓެއް | ޖުމްލަ އަގުތައް މިދިޔަ އަހަރާ ބަލާއިރު ދަށް

އޮގަސްޓް މަހުގެ ކޮމޯޑިޓީސް އިންޑެކްސް ދައްކާ ގޮތުން ޖުމްލަ އަގު ހުރީ +1.19 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު މި އަދަދު ހުރީ +1.92 ޕަސެންޓުގެ އުފުލުމެއްގަ އެވެ.

މާރުކޭޓް ގޮޅިއެއްގައި މަަސައްކަތް ކުރާ މީހެއް : އެންމެ ބޮޑަށް އަގު މަތިވެފައިވަނީ ތަރުކާރީ

އާފަލްގެ އަގު މިހާރު ހުރީ 10ރ. އަށެވެ. އުފަންވެލި ފިހާރަ އަށް ގޮސް ބެލިއިރު މީހަކަށް ވިއްކަނީ 10 އޮރެންޖެވެ. މާނައަކީ އަގު އުފުލުން އޮތް އެއް ސަބަބަކީ ބޮޑު ޝޯޓޭޖެއް އުޅުމެވެ. މުދަލުގެ އަގު އުފުލުން ބާޒާރުގައި މުދާ މަދުވުމާ ބޮޑު ގުޅުމެއްވެ އެވެ. މި މަންޒަރު އެންމެ ސާފުކޮށް ފެނާނެ އެންމެ ޔަގީން ކުރެވޭ ހިސާބެއް ފެންނަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ނެރޭ އާއްމުކޮށް ބޭނުންކުރާ އަސާސީ ތަކެތީގެ އަގަށް އަންނަ ބަދަލު ދައްކުވައިދޭން ނެރޭ، އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އެވެ. 

އެމްބީއެސް އިން އަސާސީ މުދަލުގެ މުދާ ޓުކުރިއެއް ނަގައި އަގުތަކަށް އަންނަ ބަދަލު ފެންނާނެހެން އާއްމުކުރި މައުލޫމާތުތައް  ދައްކާ ގޮތުން މިދިޔަ މަހު ތަކެތީގެ އަގުތައް މައްޗަށް ދިއުން ހުރީ މިދިޔަ އަހަރަށްވުރެ ދަށުގަ އެވެ. އަދި އެންމެ ގިނަ މީހުން އާއްމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް މިދިޔަ އަހަށްވުރެ ދަށެވެ.

އެމްބީއެސް އިން ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ މާލޭގައި ތަކެތީގެ އަގުތައް މަހުން މަހަށް އައިސްފައިވާ ބަދަލު ބަލަން އެއްކުރި އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ޖުމްލަ އަގު ހުރީ +1.19 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު މި އަދަދު ހުރީ +1.92 ޕަސެންޓުގެ އުފުލުމެއްގަ އެވެ. އެހެންވެ މިއީ ޖުމްލަކޮށް މިދިޔަ އަހަރާ އަޅާ ކިޔާނަމަ ދަށްވުމެކެވެ. 

ޖުމްލަ އަގު މިގޮތުގައި ހުއްޓަސް ބައެއް ތަކެތީގެ އަގުތައް މައްޗަށް އުފުލިފައިވާ ކަމަށް ދައްކަ އެވެ. އީސީޕީއައި ދައްކާ ގޮތުން ކާބޯތަކެތީގެ އަގުތައް މިދިޔަ މަހު ހުރީ +1.62 ޕަސެންޓުގަ އެވެ. ނަމަވެސް ޖޫސް ފަދަ ބުއިންތައް ހިމެނޭ ބެވަރޭޖް އައިޓަމްސްގެ އަގުތައް ވަނީ -0.23 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި ގޭހުގެ އަގަށް ބަދަލެއް އައިސްފައި ނުވާއިރު ރީތިވާ ސާމާނު ހިމެނޭ ޕާސަނަލް ކެއާގެ ބައިގެ އަގުތައް +0.38 ޕަސެންޓަށް އުފުލިފައިވާ ކަމަަށް ދައްކަ އެވެ. އެކަމަކު މިބައި ކުރީ އަހަރުގެ އޮގަސްޓް މަހަށް ބަލާނަމަ ހުރީ +4.33 ޕަސެންޓު މަތީގަ އެވެ. 

އަސާސީ ބައެއް ތަކެތީގެ އަގުތަކަށް ވަކިވަކިން އައިސްފައިވާ ބަދަލަށް ބަލާއިރު ޕާނުގެ އަގުތައް ވަނީ -0.02 ޕަސެންޓް ދަށްވެފަ އެވެ. މިއީ އެންމެ ގިނައިން މީހުން ބޭނުން ކުރާ އެކައްޗެވެ. މި ބައިގެ އަގުތައް މިދިޔަ އަހަރު ހުރީ 1.28 ޕަސެންޓުގެ އުފުލުމެއްގަ އެވެ. އެހެންވެ ޕާނުގެ އަގުވެސް މަތިވެފައެއް ނުވެ އެވެ. އަދި އެއްގަމު މަހުގެ އަގުތައް ހުރީ -0.78 ޕަސެންޓް ދަށުގައި ހުރިއިރު އެވެ. މި ބައިގެ އަގުތައް މިދިޔަ އަހަރު ހުރީ 0.01 ޕަސެންޓް ދަށުގަ އެވެ. އަދި މަހުގެ އަގުތައް ވަނީ +0.72 ޕަސެންޓް އުފުލިފަ އެވެ. ކުކުޅު ބިސް މިދިޔަ މަހު +0.53 ޕަސެންޓުގެ އުފުލުމެއްގައި ހުރިއިރު މިދިޔަ އަހަރު ކުކުޅު ބިހުގެ އަގުތައް +4.04 އުފުލުނު ކަމަށް ދައްކަ އެވެ. 

ގިނަ ބަޔަކު ބޭނުން ކުރާ ތަކެތީގެ ތެރޭން މިދިޔަ އަހަރަށްވުރެ އަގުތައް އުފުލިފައިވަނީ ތަރުކާއީ އާއި މޭވާ އެވެ. ތަރުކާރީގެ އަގުތައް މިދިޔަ އޮގަސްޓް މަހު +2.23 ޕަސެންޓް އުފުލިފައިވެ އެވެ. މިއީ މިދިޔަ އަހަރު -6.32 ޕަސެންޓް އަގުތައް ދަށުގައި ހުރި ބާވަތްތަކެކެވެ. އަދި މޭވާގެ އަގުތައް މިހާރު +6.13 ޕަސެންޓް އުފުލުމެއްގައި ހުރިކަމަށް ދައްކާއިރު މިދިޔަ އަހަރު ހުރީ +10.20 ޕަސެންޓުގެ އުފުލުމެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.