ސީއެސްސީން މިއަދު ނެރުނު އިއުލާނުގައި ބުނީ، ކުރިން ނެރުނު ސާކިއުލާ ބާތިލްކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.

ސިވިލް ސާވާންޓުން ހިދުމަތް ކުރި މުއްދަތު ގުނާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރި މުއްދަތު ހިމަނަން ދާދިފަހުން ގެނައި ބަދަލު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބާތިލުކޮށްފި އެވެ.
ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި، ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ވެސް ނިންމި އެވެ.
އެއާ އެކު، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ކުންފުނިތަކާއި އެހެން އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން އެކަމުގެ ލިޔުންތައް ހުށަހަޅަން ވެސް ހުޅުވައިލި އެވެ.
ނަމަވެސް، ސީއެސްސީން މިއަދު ނެރުނު އިއުލާނުގައި ބުނީ، ކުރިން ނެރުނު ސާކިއުލާ ބާތިލްކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
ނަމަވެސް، އެ ނިންމުން ބާތިލުކުރި ސަބަބެއް ސީއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.