ސްޓެލްކޯ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް ސަމާހު

ސްޓެލްކޯގައި 27 އަހަރު ވަންދެން މަސައްކަތް ކުރެއްވި އެމްޑީ ފަހުމީ އެ މަގާމުން ވަކި ކުރުމަށްފަހު އެ ކުންފުނި ހިންގުމާ ހަވާލު ކުރެއްވި އަހްމަދު ސަމާހު ރަޝީދުއަކީ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި ހުސައިން ފަހުމީ

ސްޓެލްކޯގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި މިހާރުގެ އެމްޑީ ހުސެއިން ފަހުމީ އެ މަގާމުން ވަކިކޮށް އެމްޑީގެ މަގާމަށް އަހުމަދު ސަމާހު ރަޝީދު އައްޔަންކޮށްފި އެވެ. 

ސަރުކާރުގެ ކަރަންޓު ކުންފުނީގައި 27 އަހަރު ވަންދެން މަސައްކަތް ކުރައްވަމުން ގެންދެވި އެމްޑީ ފަހުމީ އެ މަގާމުން ވަކި ކުރުމަށްފަހު އެ ކުންފުނި ހިންގުމާ ހަވާލު ކުރެއްވި އަހްމަދު ސަމާހު ރަޝީދުއަކީ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. 

ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރި އަހްމަދު ސަމާހު ރަޝީދު

ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ފަހުމީ މިއަދު މިރާއަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް މީހުން އައްޔަންކޮށް ވަކި ކުރުމުގެ ބާރު ރައީސްއަށް ލިބިވަޑައިގެންވާ ކަަމަށާ ގެންނަވާ ކޮންމެ ބަދަލެއް ގެންނަވާނީ އެންމެ ރަނގަޅު ގޮތަށް ބައްލަވާފަ އެވެ. ދެން އަންނަ ބޭފުޅަކުވެސް ސްޓެލްކޯއަށް ކުރިއެރުންތައް ގެންނަވާނެކަ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.