ލޯންޗް ދަތުރުވެރިންނަށް އިތުރު ދެ ސަރަހައްދެއް ހާއްސަ ކުރަނީ

ލޯންޗް ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ބައެއް ލޯންޗްތަކުގެ ކައްޕިންނާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވަނީ ބަނދަރުމަތީ ބައްލު ކުރައްވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވަނީ ބަނދަރުމަތީގައި ލޯންޗް ކެޕްޓަނުންނާއެކު -- ސިޓީ ކައުންސިލް

ލޯންޗް ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ލޯންޗްތައް ކައިރިކުރަން އިތުރު ދެ ސަރަހައްދެއް ހަމަ ޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ. 

ބޮޑުތަކުރުފާނު މަގު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ލޯންޗް ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ބައެއް ލޯންޗްތަކުގެ ކައްޕިންނާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވަނީ ބަނދަރުމަތީ ބައްލު ކުރައްވާފަ އެވެ.  

މާލެ ސިޓީ ކައުންސިލުން އެކްސްގައި ބުނެފައިވާ ގޮތުން ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް މާލެއަށް އަރާފޭބުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދުން ޖާގަ ހަމަޖެއްސުމަށް އެ ސަރަހައްދު ބޭނުންކުރާ ބައެއް ފަރާތްތަކާއި މޭޔަރު އާޒިމް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. 

އެމްއެމްއޭ ސަރަހައްދު މަސައްކަތް ކުރަން ބަންދު ކުރުމުގެ ސަބަބުން މިހާރު ގިނަ ލޯންޗްތަކަށް މީހުން އަރުވައި ބާލަނީ ބީއެމްއެލް ސަރަހައްދުގެ އިތުރުން މޭރީ ބްރައުން ހިމެނޭ ސަރަހައްދު ދުވާ ޓްރެކް ކައިރިންނެވެ. މީގެ އިތުރުން އެމްޓީީސީސީ އިން ވަނީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދު ލޯންޗްތަކަށް ހުޅުވާލާފަ އެވެ. އަދި ގިނަ އަދަދެއްގެ ލޯންޗްތަކުން އެތަން ބޭނުންވެސް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.