ސިވިލް ސާވިސް ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަނުކުރައްވައިފި

ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ސީއެސްސީއަށް ތިން މެމްބަރުން މިއަދު އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ. ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާ އެވެ.

އޭގެ ތެރެއިން ނާސިހު އަކީ އެ ކޮމިޝަނުގެ މިހާރުގެ ވެސް ރައީސެވެ. ދީބާއަކީ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންނެވެ. އަދި ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލެވެ.

ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް ރައްޔިތުން މަޖިލީހަށް ފޮނުވި އެވެ.

މަޖިލީހުން މިދިޔަ މަހުގެ ފަހުކޮޅު ރުހުން ދީފައިވަނީ މި ތިން ބޭފުޅުން ސީއެސްސީއަށް އައްޔަނުކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.