ރަތްގަނޑު ސަބްމެރިން ކޭބަލެއް ބުރިވެ ޔޫއޭއީގައި ނެޓަށް ބުރޫ އަރައިފި

ޔޫއޭއީގެ ޓެލެކޮމް ކުންފުނި ބުނެފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭން ރަތްގަނޑުގައި އަޅާފައިވާ ސަބްމެރިން ކޭބަލް މި ހަފްތާ ބަންދުގައި ގެއްލުންވެފައިވާ ކަމަށާ މިކަމުގެ ސަބަބުން އިންޓަނެޓުގެ ހިދުމަތް ލަސްވެފަ އެވެ.

ހޫތީގެ ހަމަލާއެއްގައި ބޯޓެއް ފެތެނީ : ސަބްމެރިން ކޭބަލަށް ހަމަލާ ދިނީ ހޫތީން ކަމަށް ވަނީ ބެލެވިފަ -- ދަ ނޭޝަން

ރަ ތްގަނޑުގައި އަޅާފައިވާ ސަބްމެރިން ކޭބަލަކަށް ގެއްލުންވެ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.  

ޔޫއޭއީގެ ޓެލެކޮމް ކުންފުނި ބުނެފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭން ރަތްގަނޑުގައި އަޅާފައިވާ ސަބްމެރިން ކޭބަލް މި ހަފްތާ ބަންދުގައި ގެއްލުންވެފައިވާ ކަމަށާ މިކަމުގެ ސަބަބުން އިންޓަނެޓުގެ ހިދުމަތް ލަސްވެފައިވާ ކަމަށެވެ. 

މެދުއިރުމަތީގެ އެންމެ ބޮޑު ޑާޓާ ސެންޓަރު ހިންގާ މައިކްކްރޯސޮފްޓް ހޮނިހިރު ދުވަހުގެ ރޭ ބުނެފައިވާ ގޮތުގައި ރަތް ކަނޑުގައި ކޭބަލް ކެނޑުމުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގައި އިންޓަނެޓް ބޭނުންކުރުމުގައި ލަސް ތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިކަމުގެ ސަބަބުން އެ ކުންފުނީގެ އެޒޫރް ކްލައުޑް ސާވިސްތަކަށް ވަނީ އަސަރުކޮށްފަ އެވެ. އެ ކުންފުނިން އިންޓަނެޓުގެ ހިދުމަތަށް ބުރޫ އެރި ސަބަބެއް ނުބުނެ އެވެ. ނަމަވެސް މި ހިދުމަތް ރީރޫޓްކޮށް އަލުން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

މެދުއިރުމަތީގެ ގިނަ ގައުމުތަކަށް އިންޓަނެޓުގެ ހިދުމަތްދޭ ސަބްމެރިން ކޭބަލަށް ގެއްލުންވި ސަބަބެއް ނޭނގުނު ނަމަވެސް މި ކޭބަލަށް ޔަމަނުގެ ހޫތީންގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން ކުރިން ވެސް އޮތެވެ. އިންޓަނެޓު ކޭބަލް ބުރިވުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގައިވެސް އިންޓަނެޓު ހިދުމަތަށް އަސަރުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.