މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ނިންމައިފި

އެ މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 31، އެވެ.

މާލޭގައި މިދިޔަ ޖުލައި މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 31، އެވެ.

ފުލުހުން މިރޭ ބުނީ، ޝިޔާޒާގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން މިހާރު ނިންމާފައިވާ ކަމަށެވެ. 

އެ މައްސަލާގައި ޝިޔާޒާ އާއެކު، ހައްޔަރުކޮށްފައި ވަނީ ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހުމަދު، 26 އެވެ.

ކޯޓުން ނެރެފައިވާ އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުގައި، ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ފުލުހުން، އެ ދެ މީހުން ހުއްޓުވީ މަސްތުވާތަކެތި ބަލައިދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ.

އެ މީހުން ހުއްޓުވައި، ޝިޔާޒާގެ ދަބަސް ބެލިއިރު، އެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި، ދެމީހުންގެ ކުޑަކަމުދާތަކެތީގެ ޓެސްޓު ހެދިއިރު، ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ޝިޔާޒާ ހައްޔަރުކުރުމާ އެކު އޭނާ ހުރީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.