އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަނިކޮށް | ކަރަންޓުގައި ޖެހި މީހާ ވެސް ޒަހަމްވި

އައްޑޫ ސިޓީ -- ފޮޓޯ/ އަލީ އިބްރާހީމް

އައްޑޫން ރޭ މެންދަމު ކަރަންޓު ކެނޑުނީ މީހަކު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، ރޭ މެންދަމު 2:40 ހާއިރު އައްޑޫން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލެއް މީހަކު ބުރި ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އަދި އެ މައްސަލަ ފާހަގަވުމާއެކު ކުރެވުނު މަސައްކަތުން، އައްޑޫއަށް ފަތިހު 5:55 ގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށް ފެނަކައިން ބުންޏެވެ. 

މިފަދަ އަމަލުތަކުގެ ސަބަބުން އާންމުންނަށް ތަކުލީފުތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން ފުރާނައަށް ވެސް ނުރައްކާވާނެތީ އެކަން ނުކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓު ކޭބަލް ބުރިކުރަން އުޅުނު މީހާ ވަނީ ކަރަންޓުގައި ޖެހިގެން ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ކަރަންޓުގައި ޖެހުނު ވަގުތު ވިއްސައިގެން އެ މީހާގެ ބޯ ފަޅައިގެން ގޮސް، ހަށިގަނޑު ތަންތަން ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާއަށް ދަނީ އައްޑޫ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މާލޭގައި ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ރިޕޯޓްކުރެ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ މައްސަލަ ވެސް ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.