ބޮޑުތަކުރުފާނު މަގު ނިމޭއިރު ލޯންޗު ދަތުރުވެރިންނަށް ޓާމިނަލެއް ހުންނާނެ

މަސައްކަތް ކުރިއަށް ގެންދަނީ ހެންވޭރު ފެރީ ޓާމިނަލްއިން މާރުކޭޓު ސަރަހައްދަށެވެ. މިހާރުގެ މަސައްކަތް ނިމޭއިރު އެމްއެމްއޭ ސަރަހައްދުގައި ލޯންޗްތަކަށް ފުރިހަމަ ހިދުމަތްތަކެއް ދެވޭނެ ޖާގަ ހެދޭނެ އެވެ.

އެމްޓީސީސީގެ އެމްޑީ އަދި އެ ކުންފުނީގެ ޕްރޮޖެކްޓް ޓީމުން ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދުގައި -- އެމްޓީސީސީ

ބޮޑު ތަކުރުފާނު މަގު ފުޅާކުރަން ކުރަމުން ގެންދާ މަސައްކަތް ނިމޭއިރު ލޯންޗް ދަތުރުވެރިން މަޑުކޮށްލާނެ ޓާމިނަލެއްގެ އިތުރުން ގިނަ މައްސަލަތަކެއްގެ ހައްލު ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީ ކުރާ މި މަސައްކަތުގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ ފާއިޒް ވިދާޅުވީ ރައްޔިތުންނަށް ދަތިނުވާނެހެން ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި މިހާރު ކުރިއަށް ގެންދާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާތެރޭ ނިންމާލެވޭނެ ކަމަށެވެ.

"މިހާރު ކުރިއަށް ގެންދަނީ 128 މީޓަރުގެ މަސައްކަތް. ޝީޓް ޕައިލް މަސައްކަތް 60 ޕަަސެންޓް ނިމިފަ. ތިން ދުވަހުގެ ތެރޭގައި ޝީޓްޕައިލް ނިމޭނެ. އަބަދު ވެސް އަމާޒަކީ އަވަހަށް ނިންމާލުން. އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ މަހު މިބައި އެއްކޮށް ނިންމާލުން،" ފާއިޒް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއު ކުރިއަށް ގެންދިޔައިރު ކަމާގުޅުންހުރި ފަރާތްތަކާއި އާއްމުންގެ ހިޔާލު ވެސް ހޯދާފައިވާނެ ކަމަށާ،  އެތަން ތަރައްގީ ކުރަނީ އެ ހިޔާލުތައް ހިމަނައިގެން ކަމަށެވެ.

"ޑިޒައިން ސްޓޭޖުގައި 18،000 އަކަފޫޓު ހިއްކާނެ. އެދިމާލަށް ކައިރިކުރާ އުޅަނދު ފަހަރުން އަންނަ މީހުންނަށް މަޑުކޮށްލާނެ ކުޑަ ޓާމިނަލެއް ވެސް ހުންނާނެ. ބަލާ އަންނަ ވެހިކަލްތައް ކައިރިކޮށްލާނެ ތަނެއް ވެސް ހިމެނޭނެ. މިހާރަށްވުރެ ބާރު ކުޑަވެގެންދާނެ. މަގުގެ ދެ އަރިމަތިވެސް ސައިޑްވޯކް ހިމެނޭ. އެހެންވެ އެ ފަސޭހަވެސް ލިބިގެންދާނެ،" ފާއިޒް ވިދާޅުވި އެވެ. 

ޕްރޮޖެކްޓް ކުރިއަށްދާނެ ގޮތް

  •  ފަސް ބަޔަކަށް ބަހާލައިގެން
  •  އެއް ނަމްބަރު ސަރަހައްދުން 18،000 އަކަފޫޓު ހިއްކާނެ
  •  ފެން ހިންދާ ނިޒާމު ގާއިމް ކުރާނެ
  •  ޑީވޮޓަރިންނަށް އިތުރު ހައްލުތަކެއް ގެނެސްދީފަ ހުންނާނެ
  •  ފުރަތަމަ ބައި ހެންވޭރު ފެރީޓާމިނަލްއިން ލޯކަލް މާރުކޭޓާ ހަމައަށް
  •  14 މީޓަރަށް މަގު ފުޅާ ކުރުން
  •  ޝީޕް ޕައިލިން 737 މީޓަރަށް ޖެހުން
  •  ސާވިސް ލައިންތައް އެޅުން
  •  މުޅި މަޝްރޫއު ހެންވޭރުން މަސް މާރުކޭޓާ ހަމައަށް ތާރު އެޅުން
  •  މަސައްކަތް 455 ދުވަސް ތެރޭގައި ނިމޭނެ
  •  މަޝްރޫއުގެ 144 މިލިއަން ރުފިޔާ

އޭނާ ވިދާޅުވީ މި މަސައްކަތް ފެށުމުގެ ކުރިން ހުރިހާ ޔޫޓިލިީޓީ ހިދުމަތްދޭ ފަރާތްތަކާއެކު ވެސް މަަޝްވަރާ ކުރި ކަމަށާ ހާއްސަކޮށް ސިޓީ ކައުންސިލާއެކުވެސް މަޝްވަރާ ކުރެވި މިމަގު ތާރު އަޅައި ނިމޭއިރު ޑީވޯޓަރިން މަސައްކަތްތަކަށް ވެސް ހައްލު ތަކެއް ގެނެވިފައިވާނެކަން ފާހަގަ ކުރެއްވި އެވެ. 

ފާއިޒް ވިދާޅުވީ މި މަަސައްކަތުގައި އެންމެ އިސްކަމެއް ދޭނީ އާއްމުނާއި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން އަދި މަސައްކަތުގެ ކޮލިޓީއަށެވެ. 

"މަސައްކަތުގެ ކޮލިޓީ މިންގަނޑުތައް ހިފަހައްޓަން ކޮލިޓީ އިންޖިނިއާސް 24 ގަޑިއިރު މަސައްކަތް ކުރަމުން ގެންދާނެ. މަސައްކަތް ބޭނުންކުރާ ފަރާތްތަކަށްވެސް ހިތްހަމަ ޖެހިގެން ބޭނުން ކުރެވޭނެ ގޮތަށް އޮންނާނީ،" ފާއިޒް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.