ނޭޝަނަލް ޑިވްލޮޕްމަންޓް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަން ފަށައިފި

މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގީގެ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރާނެ ކަމަށެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުވަލުމުގެ މަސައްކަތް ކުރާ ޓީމް : މި ޓީމުން ވަނީ ރައްޔިތުންގެ ހިޔާލު ހޯދަން ފަަށާފަ

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ ޢަމަލީ މަސައްކަތްކުރާ ޓީމު ރައްޔިތުންގެ ހިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވިލުންތެރި ރާއްޖެ 2045ގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު މި މަސައްކަތް ފަށަން މި ޓީމު އެންމެ ފުރަތަމަ ދިއުމަށް ކަނޑައަޅާފައި ވަނީ މާލެ އަތޮޅު ގުރައިދޫ އަށެވެ. އެގޮތުން، "ވިލުންތެރި ރާއްޖެ"ގެ ޓީމު ގުރައިދޫއަށް ޒިޔާރަތްކޮށް އެރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ރާއްޖޭގެ ކުރިމަގާއި, ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއާއި ތަސައްވުރާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް މި ޓީމުން ހޯދާނެ އެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގީގެ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރާނެ ކަމަށެވެ. 

މި ދަތުރުތަކުގައި ބާއްވާ ބައްދަލުކުރުންތަކުގައި އޮންނަ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ގާއިމްކޮށްފައި ހުންނަ ސަރުކާރުގެ ހުރިހައި މުއައްސަސާތަކަށާއި، އާންމު ޖަމިއްޔާތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވިލުންތެރި ރާއްޖެ 2045" ގެ ނަމުގައި 2025 އިން 2045 އަށް އަމަލު ކުރަން ރާވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މި ޕްލޭން އެކުލަވާލުމުގައި ވީހާ ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. 

މި ޕްލޭނަކީ 2040 ވަނަ އަހަރު އަންނަ އިރު, ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްޕުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.