އެއީ، މއ. މޯނިންވިޔު، އަހުމަދު ނަވާޒު (30އ) އާއި އެގޭ، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުހައްމަދު ޝިދާދު (22އ) ވަނީ ހައްޔަރުކޮށްފަ އެވެ.
މާލެ ތެރޭގައި ނުރައްކާތެރި ކުށް ކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ އެކިކަހަލަ ހަތިޔާރު ފޮރުވާފައި ހުއްޓައި، އެތަކެތި ހޯދައި، ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ތަހުގީގުގެ ތެރެއިން މިދިޔަ ބުދަ ދުވަހު، ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފައިވެ އެވެ.
އެއީ، މއ. މޯނިންވިޔު، އަހުމަދު ނަވާޒު (30އ) އާއި އެގޭ، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުހައްމަދު ޝިދާދު (22އ) ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ނަވާޒު 30 ދުވަހަށް، އަދި ޒައިދާން އާއި ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި އަމުރު ކޯޓުން ކޮށްފައިވަނީ އަލަށް އަމަލު ކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.