ޑަބްލިއުޑީސީތަކުގެ ބަޖެޓު 10 ޕަސެންޓަށް ބޮޑުކުރަނީ

ދެވަނަ ބަދަލަކީ ކޮމެޓީގެ މެންބަރުންނަށް ދޭ ރޯދަ މަހުގެ އިނާޔަތް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ތުޅާދޫ ކައުންސިލާ ބައްދަލުކުރައްވަނީ --

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ކައުންސިލްތަކުގެ ބަޖެޓުން ކަނޑައަޅާ ޕަސެންޓް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

އެއް ބަދަލަކީ އެ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް ޕަސެންޓް ދެ ގުނައަށް ބޮޑުކުރުމެވެ. އެގޮތުން އެ ކޮމެޓީތަކަށް 10 ޕަސެންޓްގެ ބަޖެޓެއް ލިބޭނެ އެވެ.

ދެވަނަ ބަދަލަކީ ކޮމެޓީގެ މެންބަރުންނަށް ދޭ ރޯދަ މަހުގެ އިނާޔަތް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ލިބޭ ގޮތަށް ބަދަލުކުރެއްވީ ރައީސް މުއިއްޒެވެ. މީގެ ކުރިން މެންބަރުންނަށް ލިބެމުން ދިޔައީ މުސާރައިގެ ބަދަލުގައި އެލަވަންސެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.