ފުލުހުން ބުނީ ޝަހުމުﷲ އާއިލާއަށް ހަބަރެއްނުވެ، ގެއްލިފައިވާ ކަމަށް މި ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 33 އަހަރުގެ ކެންދޫ، މަންޒިލް، ޝަހުމުﷲ ސާޖިދެވެ.
ފުލުހުން ބުނީ ޝަހުމުﷲ އާއިލާއަށް ހަބަރެއްނުވެ، ގެއްލިފައިވާ ކަމަށް މި ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަހުމުﷲ މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
"ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން ބުންޏެވެ.