ޖުލައިގެ ނިޔަލަށް ޓޫރިޒަމް ސިނާއަތަށް 3,114 އެނދު އިތުރު ވެއްޖެ

މަރުކަޒީ ބޭންކުގެ މައުލޫމާތުތައް ދައްކާ ގޮތުން ޖުލައިގެ ނިޔަލަށް ޓޫރިޒަމް ސިނާއަތުގެ އޮކިއުޕެންސީ ނުވަތަ % 59 އެނދު ފުލްކޮށް ހިދުމަތް ދީފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ %57 ގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ހުޅުވި ދުސިޓު ޑީޓޫ ރިސޯޓް ފޮޓޯ : ޑީޓޫ

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން އިތުރު 3,114 އެނދު އިތުރު ވެއްޖެ އެވެ. 

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރުނު މިދިޔަ މަހުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި އިން މި އަހަރުގެ ޖުލައިގެ ނިޔަލަށް ބަލާނަމަ ޓޫރިޒަމް ސިނާއަތަށް 3,114 އެނދު އިތުރުވެފައިވާއިރު މި އަހަރު ޖުލައިގެ ނިޔަލަށް ޓޫރިޒަމް ސިނާއަތުގެ % 59 އެނދު ފުލްކޮށް ހިދުމަތް ދީފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ %57 ގަ އެވެ. 

މި މައުލޫމާތުތައް ދައްކާ ގޮތުގައި މި މުއްދަތުގައި ޓޫރިޒަމް ސިނާއަތަށް ނުވަ ޕަސެންޓުގެ އިތުރުވުމެއް ލިބިފައިވެ އެވެ. އަދި މި މުއްދަތުގައި ޓޫރިސްޓު ބެޑްނައިޓްސް އިތުރުވެފައިވަނީ އެއް ޕަސެންޓެވެ. ނަމަވެސް މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި މަޑުކުރި މުއްދަތު ވަނީ 7.6 ދުވަހުން 6.9 ދުވަހަށް ދަށްވެފަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގައި މި އަހަރުގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,492,075 ޓޫރިސްޓުން އައިސްފައިވެ އެވެ.މިއީ މިދިޔަ އަހަރު އައި 1,363,333 ޓޫރިސްޓުންނާ އަޅާބަލާއިރު 9.4 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ޓޫރިޒަމް ސިނާއަތުގެ ޖުމްލަ އެނދުގެ އަދަދު ވަނީ 65,143 އަށް އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.