ފޯސައިޓް ސާވެއާސް އިން ޖަޕާނުގެ ފުޖިޓެކޮމްއާ ގުޅިގެން ރާއްޖެއަށް މުހިންމު ޓެކްނޮލޮޖީއެއް

ފޯސައިޓް ސާވެއާސް އިން ރާއްޖެއަށް ތައާރަފު ކުރި ޖަޕާނުގެ ވޯޓާ ލީކް ޑިޓެކްޝަން ޓެކްނޮލޮޖީގެ ސަބަބުން ޓޫރިޒަމް ސިނާއަތާއި އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ފޯސައިޓް ސާވެއާސް ކުންފުނީގެ ޑިރެކްޓަރު ފިރުދައުސް ހުސެއިން މައުލޫމާތު ދެއްވަނީ -- މީޑިއަމް އިވެންޓްސް

ސާވޭގެ މަސައްކަތުގައި ރާއްޖޭގައި ފުންނާބުއުސް ކުންފުންޏެއް ކަމަށްވާ ފޯސައިޓް ސާވެއާސް އިން ޖަޕާނުގެ ފުޖިޓެކޮމްއާ ގުޅިގެން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތާއި ޓޫރިޒަމް ސިނާއަތަށް މުހިންމު ޓެކްނޮލޮޖީއެއް ތައާރަފުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފޯސައިޓް ސާވެއާސް އިން ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ފުޖިޓެކޮމްއާ ގުޅިގެން ތައާރަފުކޮށްފައިވަނީ ފެން ލީކްވާ ތަންތަން ދުރާލާ ދެކެގެންނާނެ ޓެކްނޮލޮޖީއެކެވެ. މިއީ ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތާއި ޓޫރިޒަމް ސިނާއަތުގެ މަަސައްކަތްތަކަށް ވެސް މުހިންމު ޓެކްނޮލޮޖީ އެކެވެ.

ރާއްޖޭގައި ޑިމާންޑް ބޮޑު ސާވޭގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ފޯސައިޓް ސާވޭއާސް އިން ރާއްޖެ އަށް ތައާރަފު ކުރި މި އުފެއްދުމުގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޑިރެކްޓަރު ފިރުދައުސް ހުސެއިން ވިދާޅުވީ ލީކް ޑިޓެކްޝަން ޓެކްނޮލޮޖީގެ ސަބަބުން ފެން ލީކްވާ ތަންތަން ދުރާލާ ދެނެގަނެ އެ ތަންތަން ހޯދުމަށް ފަސޭހަ ވެގެންދާއިރު މި ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މެއިންޓެނަންސް މަސައްކަތްތަކަށް ވެސް ފަސޭހަ ވެގެންދާނެ އެވެ.

ފިރުދައުސް ވަނީ މި ހަފުލާގައި ފޯސައިޓް ސާވެއާސްގެ މަސައްކަތްތަކުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ މައުލޫމާތު ވެސް ދެއްވާފަ އެވެ. އަދި މި ފަދަ ޓެކްނޮލޮޖީއަކީ ރާއް ޖެއަށް މިހާރު މުހިންމު ޓެކްނޮލޮޖީގެ ވަސީލަތްތަކެއްކަން ފާހަގަ ކުރައްވަމުން ފިރުދައުސް ވިދާޅުވީ މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން މަސައްކަތް ހަލުވިވެ އޮޕަރޭޝަން ކުރިއަށް ގެންދަން ފަސޭހަ ވެގެންދާނެ އެވެ.

މި އުފެއްދުން ތައާރަފު ކުރުމަށްފަހު ޓެކްނޮލޮޖީގެ މައުލޫމާތުދޭން ޕެނަލް ޑިސްކަޝަންއެއް ވެސް ބޭއްވި އެވެ. މި ޕެނަލްގައި
ފޯސައިޓް ސާވެއާސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނުވައިމް އާއި މި ޓެކްނޮލޮޖީ އުފެއްދި ޖަޕާނުގެ ފުޖިޓެކޮމްގެ ލީކް ޑިޓެންޝަން މާހިރު މަސާހިރޯ ޝިމޮމޫރާ އާއި ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ އެޓްމޮސްފިއާގެ ޕްރޮޖެކްޓް މެނޭޖަރު ރަމްނާރޭޝް ވެސް ބައިވެރިވަޑައިގަނެ މައުލޫމާތ ދެއްވި އެވެ.

މި ޕެނަލްގައި ނޫވައިމް ވިދާޅުވީ މިހާރުވެސް ބޮޑެތި ކޮންޓްރެކްޓަރުންނަށް މިފަދަ ވަސީލަތްތައް ބޭނުން ކުރާއިރު މިއީ ރާއްޖެއަަށް މުހިންމު ވަސީލަތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވަނީ ފޯސައިޓް ސާވެއާސް އިން ބޭނުންކުރާ ގިނަ ވަސީލަތްތަކުގެ މައުލޫމާތު މި ޕެނަލް ޑިސްކަޝަންގައި އޭނާ ދެއްވާފަ އެވެ 

ފޯސައިޓް ސާވެއާސް - މި ކުންފުންޏަކީ 2011 ވަނަ އަހަރު އުފަންވި ދިވެހި ކުންފުންޏެކެވެ. މި ކުންފުނިން ސާވޭގެ ޒަމާނީ ހިދުމަތް ދެމުން ގެންދާއިރު މިކަމަށް ދުނިޔޭގަ ބޭނުންކުރާ ޒަމާނީ ސައިންޓިފިކް ޓެކްނޮލޮޖީ ދަނީ ރާއްޖެއަށް ފޯރުކޮށް ދެމުންނެވެ. ސާވޭގެ މަސައްކަތަށް ބޮޑު ފަސޭހައެއް ގެނެސްދިން ޖިއޯ މެކްސްގެ އުފެއްދުންތަކުގެ ރާއްޖޭގެ ޑިސްރިބިއުޓަރަކީ ވެސް މި ކުންފުންޏެވެ. އަދި ފޯސައިޓް ސާވެއާސް އަކީ މި މަސައްކަތުގައި އޮތް އެންމެ ތަޖުރިބާކާރު އެއް ޓީމް އޮތް ކުންފުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.