ރައީސްގެ މި ދަތުރުފުޅުގައި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ ގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ 11 ފަހުމުނާމާތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދަޢުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއުއްޒު މާލެ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެންް ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީއޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އޭގެ އިތުރުން، ރައީސް ވަނީ ޗައިނާގެ ރައީސްއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދެފަރާތުން ހިއްސާކުރާ މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އެސްސީއޯ ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސް ވަނީ އެހެން ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވައި، ހަރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި ގުޅިގެން މަސައްކަތް ކުރެއްވާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ ގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ 11 ފަހުމުނާމާތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.