މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މަޖިލީހުން ނޯޓިސް ފޮނުވައިފި

މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން، ގަވާއިދުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާމެދު ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ ނޯޓިސްއެއް އަމީންއާންމު ފޮނުވަން ޖެހެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް އެ އިދާރާއިން 15 ދުވަހުގެ ނޯޓިސް ފޮނުވައިފި އެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ. އެގޮތަށް ގަވާއިދު ބަދަލުކޮށްފައި ވަނީ ވެސް މި މަޖިލީހުންނެވެ. 

އެ ތާރީހު ފަހަނައަޅައި ދިޔަ އިރު ފަސް މެންބަރަކު ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އެއީ؛

  • 1.މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު
  • 2.މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
  • 3.ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން
  • 4.ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު
  • 5.މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް

މި މެންބަރުންނަށް ނޯޓިސް ފޮނުވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން، ގަވާއިދުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާމެދު ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ ނޯޓިސްއެއް އަމީންއާންމު ފޮނުވަން ޖެހެ އެވެ.

އެ މުއްދަތުގައި ވެސް ބަޔާން ހުށަނާޅައިފިނަމަ ދެން އަޅަން އޮންނަ ފިޔަވަޅަކީ، އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި އެ މެންބަރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމެވެ. އެ މެންބަރުންނަށް އޭގެ ފަހުގައި ޖަލްސާތަކާއި ކޮމެޓީތަކުގައި ބައިވެރިވެވޭނީ ބަޔާން ހުށަހެޅުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.