ކައުންސިލުން ދޫކުރަން އުޅެނިކޮށް ހުއްޓުވި ތިނަދޫ ހައުސިން ޔުނިޓްތަކަށް ހުޅުވާލަނީ

އިއްޔެ މިނިސްޓްރީން ބުނެފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގދ. ތިނަދޫ: ރޯހައުސްތަކަށް މިމަހު ހުޅުވާލާނެ --

ތިނަދޫ ސިޓީގައި މިހާރު އިމާރާތް ކުރަމުންދާ 200 ރޯހައުސްއަށް މިމަހު ހުޅުވާލާނެކަން އިއުލާނުކޮށް، އުސޫލު އާންމު ކޮށްފި އެވެ.

މީގެ ކުރިން ތިނަދޫ ސިޓީ ކައުންސިލުން މި ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވައިލުމުން، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެކަން ހުއްޓުވާފަ އެވެ. ކައުންސިލުން ކުރި އިއުލާނު ބާތިލުކުރަން މިނިސްޓްރީން އެންގީ، މިނިސްޓްރީގެ ހުއްދަ ނުނަގައި އިއުލާނު ކުރުމުންނެވެ.

އިއްޔެ މިނިސްޓްރީން ބުނެފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް އަށެވެ. ކައުންސިލުން ކުރި އިއުލާނާއެކު އޭރު އެޕްލިކޭޝަން ހުށަހެޅީ ކައުންސިލްގެ ވެބްސައިޓުންނެވެ.

އުސޫލުގައިވާ ގޮތުން، ރޯހައުސްއަށް ކުރިމަތިލެވޭނީ އެރަށުގެ ރަށްވެހިންނަށް ނުވަތަ އެރަށަށް ހިޖުރަ ކުރިތާ 10 އަހަރު ވެފައިވާ 18 އަހަރުން މަތީގެ މީހުންނަށެވެ. ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ. 

ކައުންސިލުން ކުރިން ކުރި އިއުލާނު ބާތިލު ކުރަން އަންގައި މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ސަރުކާރުން އިމާރާތް ކުރާ ހައުސިން ޔުނިޓުތައް އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޫކުރާ ހައުސިން ޔުނިޓުތައް ދޫކުރުން ކުރިއަށް ގެންދަންވާނީ އެ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލުގެ މަތިން ކަމަށް ބުނެފައިވެ އެވެ.

ހުވަދު އަތޮޅުގެ އެންމެ މީހުން ގިނަ ރަށް ކަމަށްވާ ގދ. ތިނަދޫގައި މި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތަށް އިއުލާނުކުރީ 2022 ވަނަ އަހަރު އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން 200 ހައުސިން ޔުނިޓު ތަކަކީ ބޮޑުމިނުގައި 117.5 ހެކްޓަރު ހުރި ރޯހައުސްތަކެކެވެ. އެ މަސައްކަތް އަދިވެސް އެއްކޮށް ނިންމާލެވިފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.