ޖުމްލަ ދަަރަނި ހުރީ 148,9 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ، މީގެތެރޭގައި ހިމެނޭ އެތެރޭގެ ދަރަނީގެ އަދަދަކީ 86.6 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 62.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ވާރުތަވަމުންދާ ދަރަންޏާއެކު ރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރުގެ މިހާތަނަށް 148.9 ބިލިއަން ރުފިޔާ ގާތްނޑަކަށް އުފުލި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ %124 ޕަސެންޓަށް އުފުލިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ދެވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 148,9 ބިލިއަން ރުފިޔާ ނުވަތަ 150 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 86.6 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 62.3 ބިލިއަން ރުފިޔާ އެވެ. - މި އަހަރުގެ ބަޖެޓުގައިވެސް ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ދަރަނި 148,9 ވިލިއަން ރުފިޔާގައި ހުރިއިރު މި އަހަރު ފެނުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 146,7 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ % 122 އެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 61 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 84 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖޭގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން މައްޗަށް ޖެހިލާފައި މިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށުގައި ހުރުމަށްފަހު އެވެ. މިއީ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 133 ޕަސެންޓަށް އުފުލުމަށްފަހު ދަރަނި މަތިވުމެއް އައި ފުރަތަމަ ފަހަރެވެ.
ފިނޭންސުން ބުނި ގޮތުގައި ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނޭ ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދު އުޅެނީ 21,1 ބިލިއަން ރުފިޔާގަ އެވެ. އެއީ ބޭރުން ނެގި ލޯނުތަކަށް ސޮވްރިން ގެރެންޓީ ދީފައިވާ 20,3 ބިލިއަން ރުފިޔާ އާއި އެތެރޭގެ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދިން 792.8 މިލިއަން ރުފިޔާ އެވެ.
މި މައުލޫމާތުތައް ދައްކާ ގޮތުން ބަޖެޓުގެ ދަރަނި މިހާރު ހުރީ 127 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ 42 ބިލިއަން ރުފިޔާ އާއި ބޭރުގެ 85 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތުން ދަރަނި އަދާކުރަން 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައްކަ އެވެ. މީގެތެރޭގައި ދަރަނީގެ ޕްރިންސިޕަލް އެމައުންޓުގެ ގޮތުގައި ދެއްކި 1.8 ބިލިއަން ރުފިޔާ އާއި އިންޓްރެސްޓުގެ ގޮތުގައި ދެއްކި 1.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ރާއްޖޭގެ ދަރަނި މަތީގައި ހުރިއިރު ރާއްޖޭން އެންމެ ބޮޑު ލޯނެއް ދައްކަން މި ޖެހެނީ މި އަހަރާއި އަންނަ އަހަރު އެވެ. އެއީ އެއް ފަހަރާ އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެކެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ދަރަނި ދެއްކޭނެ ކަމަށް ބުނެފަ އެވެ. އެކަން ކުރަން ބާރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމާއި މިނޫންވެސް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މިއާއެކު މި ސަރުކާރުން އައިފަހުން ބޭރުން ލޯނު ނުނަގައި 120 މިލިއަން ޑޮލަރުގެ ދަރަނި އެއްފަހަރާ ދައްކާފައިވެ އެވެ.