އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް ބަދުރު

ބަދުރުއަކީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެވެ. މީގެ އިތުރުން ބޭންކުން ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަަސައްކަތް ކުރައްވާފައިވެ އެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން -- މިހާރު ނޫސް

ބީއެމްއެލް އިން ގަތް، އެސްއެމްއީ ޑިވްލޮޕްމަންޓް ބޭންކް (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފި އެވެ.

ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައި ހުންނެވި ބަދުރު އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރިއިރު އޭނާއަކީ ކުދިމެދު ފަންތީގެ ވިޔަފާރީގެ ފައިނޭންސުގެ ދާއިރާއިން ހާއްސަވެފައި ތިބި މަދު ދިވެހިންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 

ބަދުރަކީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެވެ. މީގެ އިތުރުން ބޭންކުން ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަަސައްކަތް ކުރައްވާފައިވެ އެވެ. 

އެސްއެމްއީ ބޭންކުގެ ޗެއާމަންގެ މަގާމުގައި ހުންނަވާނީ އެ ބޭންކް ގަތް ބީއެމްއެލްގެ އެމްޑީ / ސީއީއޯ މުހައްމަދު ޝަރީފްއެވެ. އަދި ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ފަރީހަތު ވަހީދު ވެސް ވަނީ އައްޔަންކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.