އެ މިނިސްޓްރީން މިރޭ ބުނެފައި ވަނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިން ވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިން ވަކިކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހަދާފައިވާ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އޭރު ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީތައް މި ސަރުކާރުން ވަނީ ބާތިލުކޮށްފަ އެވެ.
އަދި ގިރާވަރުފަޅުން ދޭން ނިންމި ބައެއް ގޯތިތައް ވެސް ގުޅިފަޅުން ދޭން ބަދަލުކުރުމާއެކު، ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގައި މިދިޔަ މޭ މަހު ވަނީ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފަ އެވެ.
ހައުސިން މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ހަދައިދީ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން މިރޭ ބުނެފައި ވަނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިން ވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައިވާ ކަމަށެވެ.