އައްޑޫއިން އަލިފާން ނިއްވާ ވެހިކަލެއް ގެންގޮސް، ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ އަލުން ފަށައިފަ އެވެ.
އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލެއް ގެންގޮސް، ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި އެވެ.
އެއާޕޯޓުތަކުގެ ސަލާމަތީ އިންތިޒާމުތަކުގެ ތެރޭގައި އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލެއް އޮތުން ލާޒިމުވާއިރު، ފުވައްމުލަކު އެއާޕޯޓުގައި އޮތް ވެހިކަލް ހަލާކުވެގެން، އެތަނުގެ އޮޕަރޭޝަންތައް މެދުކަނޑައިލީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު އެވެ.
ނަމަވެސް، އައްޑޫއިން އަލިފާން ނިއްވާ ވެހިކަލެއް ގެންގޮސް، ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ އަލުން ފަށައިފަ އެވެ.
އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑައިލުމުން ފްލައިޓުތައް ކެންސަލް ކުރަންޖެހުމުގެ ސަބަބުން، ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.