އިތުރު ފަސް އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށަން ދިރާސާކުރަނީ

މިބައްދަލުވުމުގައި، ޖައިކާގެ ފަރާތުން މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާބެހޭ މައުލޫމާތު އަދި އެސާވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން މިނިސްޓްރީއާ ވަނީ ހިއްސާކޮށްފަ އެވެ.

އާރްޓީއެލްގެ ފެރީއެއް: އިތުރު ފަސް ރަށުގައި ހިދުމަތް ފަށަން ތައްޔާރުވަނީ --

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް އިތުރު ފަސް އަތޮޅުގައި ފެށުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާތައް ހެދުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އާރްޓީއެލް މަޝްރޫއުގެ ދަށުން ޒޯން ހަތަރެއްގައި ހިމެނޭ ފަސް އަތޮޅު ކަމަށްވާ މ، ފ، ދ، ތ. އަދި ލ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ގާއިމް ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީން އިއްޔެ ބައްދަލުކޮށް، ވަނީ މަޝްވަރާކޮށްފަ އެވެ.

މިބައްދަލުވުމުގައި، ޖައިކާގެ ފަރާތުން މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާބެހޭ މައުލޫމާތު އަދި އެސާވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން މިނިސްޓްރީއާ ވަނީ ހިއްސާކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޖައިކާއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން --

މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފައްޓަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހު އެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފެށީ ޒޯން ހައެއްގައި ހިމެނޭ ހދ. އަތޮޅުގަ އެވެ. ފުރަތަމަ ގުޅާލެވިގެން ދިޔައީ އެ ޒޯންގައި ހިމެނުނު ހއ، ހދ، ށ. އަތޮޅުގެ ރަށްތަކެކެވެ. ޖުމުލަ 41 ރަށް ގުޅާލަން ފަސް ރޫޓެއްގައި ހަތަރު ފެރީ ލޯންޗު ބޭނުން ކުރަން ފެށި އެވެ. އޭގެ ފަހުން ޅ. އަދި ނ. އަތޮޅާއި ގއ. އަދި ގދ. އަތޮޅުގައި މި ހިދުމަތް ވަނީ ފަށާފަ އެވެ. މިދިޔަ ޖުލައި މަހު ބ. އަތޮޅުގައި ވެސް ވަނީ އެ ހިދުމަތް ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.