އެމްޕީއެލް އިން ބުނި ގޮތުގައި މިދިޔަ ހަފުތާ ޖުމްލަ 1359 ޓީޔޫއެސް ނުވަތަ ޖުމްލަ ކޮންޓެއިނަރު ވަނީ ކްލިއަ ކުރުމުގެ ހިދުމަތް ދީފަ އެވެ. މީގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 552 ކޮންޓެއިނަރާއި 40 ފޫޓުގެ 402 ކޮންޓެއިނާ އެވެ.
މިދިޔަ ހަފުތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް) އިން 1،300 އަށްވުރެ ގިނަ ކޮންޓެއިނާ ކްލިއަކޮށްފި އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މިދިޔަ ހަފުތާ ޖުމްލަ 1359 ޓީޔޫއެސް ނުވަތަ ޖުމްލަ ކޮންޓެއިނާ ވަނީ ކްލިއަ ކުރުމުގެ ހިދުމަތް ދީފަ އެވެ. މީގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 552 ކޮންޓެއިނަރާއި 40 ފޫޓުގެ 402 ކޮންޓެއިނާ އެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން ރާއްޖެ އަށް އެތެރެކޮށްފައިވަނީ ބިހާއި ފިޔަލެވެ. މިދިޔަ ހަފުތާގައި 15،440 ކޭސް ބިސް އެމްޕީއެލް އިން ކްލިއަކޮށްފައިވެ އެވެ. އަދި 11،617 ބަސްތާ ފިޔާ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އަދި 5647 ބަސްތާ އަލުވި ރާއްޖެ ތެރެކޮށްފައިވެ އެވެ.
އެމްޕީއެލް އިން ބަލަހައްޓާ ވިޔަފާރި ބަނދަރަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަނެކެވެ. އަދި ހާއްސަ ދުވަސްތަކާ ދިމާކޮށް އެ ކުންފުނީގެ އޮޕަރޭޝަން ވަރުގަދަ ކުރެ އެވެ.